ބޭނުންވާނެ ތަކެތި:
1 ދަޅު އަލަނާސި
70 ގްރާމު ހަކުރު
200 ގްރާމު ބަޓަރު
2 ބިސް
180 ގްރާމު ފުށް
1 ސައިސަމްސާ ބޭކިން ޕައުޑާ
ބައިޖޯޑު ކިރު
ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ކުޑަ ބަޓަރުކޮޅަކާއި އެކީ ހަކުރުކޮޅު ޓްރޭގައި ކެރަމަލައިޒް ކޮށްލާށެވެ. އޭގެ ތެރެއަށް އަލަނާސި ފޮތިތައް އަތުރާލާށެވެ.
ބާކީހުރި ބަޓަރު ކޮޅާއި ހަކުރު ކޮޅު އަދި ބިސް އެއްކޮށްލާ ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް އެސެންސް، ފުށް، ބޭކިން ޕައުޑަރު އަޅާ އެއްކޮށްލާށެވެ. ކިރު ފޮދާއި އަލަނާސި ދަޅުން ފެންފޮދެއް ވެސް އަޅާލާ އެއްކޮށްލުމަށްފަހު އަލަނާސި ފޮތިތައް މައްޗަށް އަޅައި ފިހެލާށެވެ.


