Tuesday, 28 July 2026

ނަބްލުސް ކައިރީގައި އިޒްރޭލު ސިފައިން ރެޑް ކްރެސެންޓްގެ އެހީތެރިންނަށް ހަމަލާދީފި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ ހުޅަނގުގައި އޮންނަ އިޒްރޭލުގެ އަސްކަރީ ޗެކްޕޮއިންޓް ސަރާގެ ކައިރީގައި ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ކްރޫއަކާއި ޒުވާނަކަށް އިޒްރޭލު ސިފައިން އިއްޔެ ހަވީރު ހަމަލާދީފިއެވެ.

ނަބްލޫސްގައި ހުންނަ ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ވަފާއަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ ޗެކްޕޮއިންޓްގައި ޕީއާރުސީއެސް އެމްބިއުލާންސްގެ ކްރޫއަކާއި 29 އަހަރުގެ ޒުވާނަކަށް ހަމަލާދީފައި ކަމަށެވެ.

ރެޑް ކްރެސެންޓުން ފާހަގަކުރި ގޮތުގައި މި ހަމަލާ ދީފައިވަނީ މީގެ ކުރިން އިސްރާއީލު ސިފައިންގެ ހަމަލާއެއް ދިން ޒުވާނާއަށް ބޭސްފަރުވާ ދިނުމަށް އެމްބިއުލާންސްގެ ކްރޫއިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ސޮސައިޓީން ބުނި ގޮތުގައި އެ މާރާމާރީގައި ޗެކްޕޮއިންޓުގައި ތިބި އޮކިއުޕޭޝަން ސިފައިންނަށް ވަނީ އަނިޔާވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *