Tuesday, 28 July 2026

އިސްރާއީލުން ޣައްޒާގެ ހުޅަނގުން އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 10 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އައްސޭރިފަށުގެ މަގުގައި އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 10 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާއިން ރިޕޯޓުކޮށްފައި ވާގޮތުން، ޣައްޒާގެ ދެކުނުން އަންނަ އެހީގެ ޓްރަކްތަކުގެ އިންތިޒާރުގައި ތިބި އެތައް ހާސް ރައްޔިތުންނަށް، ވަކިން ހާއްސަކޮށް ނަބުލްސީ ޖަންކްޝަނާއި ސްޓްރީޓް 10 އާ ދެމެދުގައި ވާ ހާރޫން އަލް ރަޝީދު މަގު (ގޮނޑުދޮށުގެ މަގު) ގައި ތިބި އާންމުންނަށް އަމާޒުކޮށް ޑްރޯންތަކާއި އާޓިލަރީ ޝެލްސްތަކުން ބަޑި ޖެހުމުގެ ސަބަބުން 10 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އަދި އިތުރު 15 މީހަކަށް އަނިޔާވެ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝިފާ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

ވަފާއިން ބުނިގޮތުގައި އޮކިއުޕޭޝަން އަސްކަރިއްޔާއިން އަބަދުވެސް ގޮނޑުދޮށުގެ މަގުގައި ކާބޯތަކެތީގެ އެހީގެ ޓްރަކްތަކުގެ އިންތިޒާރުގައި ތިބޭ އެތައް ހާސް ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދެއެވެ. އަދ އޭގެ ތެރެއިން އެތައް ބަޔަކު މީގެކުރިންވެސް ޝަހީދުވެ، ޒަހަމްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *