މިދިޔަ އަހަރުން ފެށިގެން ގްލޯބްޓެބް އިންވެސްޓްމެންޓްގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބާއްވަން ފެށި "ދަ މާކެޓަރސް ސަމިޓް"ގެ ކާމިޔާބީއާއިއެކު އެސަމިޓުގެ ދެވަނަ އެޑިޝަން ބާއްވާނެކަން އިޢުލާނުކޮށް މަސައްކަތް ފަށައިފިއެވެ.
ދިވެހިރާއްޖޭގައި އުފެދިފައިވާ އެންމެހައި ވިޔަފާރީތަކުގެ މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އަމާޒުކޮށްގެން މިސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ފެބުރުވަރީ މަހު 23 އަދި 24ވަނަ ދުވަހު އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
މިއަހަރުގެ ސަމިޓުގެ ޝިޔާރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "މަސްނުއީ ތޫނުފިލިކަމާއިއެކެ މާކެޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަށް" މި ސަމިޓްގެ އޯގަނައިޒިންގް ޓީމު ކަމަށްވާ ގްލޯބްޓެބް އިންވެސްޓްމެންޓުން ވަނީ ބުނެފައެވެ.
ދެދުވަހަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ މިސަމިޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާއިރު، ޕެނަލް ޑިސްކަޝަންސް އަދި ދާއިރާ އާއި ގުޅުންހުރި އެކިއެކި ޕްރެކްޓިކަލް ސެޝަންތަކެއް ހަމައެހެންމެ ވޯރކޮޝްޕް އެކްޓިވިޓީސްތަކެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ގްލޯބްޓެބް އިން ވަނީ މި ސަމިޓްގައި ރާއްޖެއިން ބޭރުގެ 10 ތަޖުރިބާކާރުންގެ ތެރޭގައި މާކެޓިންގްގެ ދާއިރާގައި 18 އަހަރު ދުވަހުގެ ތަޖުރިބާއާއިއެކު ކީނޯޓް ސްޕީކަރގެ ގޮތުގައި ޑރ. ރޮހާންތަ އަތުކޮރުލަގެ އިތުރުން ސްރީ ލަންކާގެ މަޝްހޫރު އިންފްލުއެންސަރއެއް ކަމަށްވާ ލޮޗާނާ ޖަޔަކޮޑީ، ލެންގުއޭޖް ސްޕެޝަލިސްޓްއެއް ކަމުގައިވާ މޮރޮކޯގެ ބެންޒީނާ ކަޢުޘަރުގެ އިތުރުން ތަޖުރިބަކާރު އިކޯ-ވޯރިއަރއެއް ކަމަށްވާ ޔޫ.އޭ.އީގެ ސިންތިޔާ މައެކްވެސް މިސަމިޓުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ބުނެފަ އެވެ.
މިއަހަރު ބާއްވާ "ދަ މާކެޓަރސް ސަމިޓް"ގެ ދެވަނަ އެޑިޝަންގެ ސްޓްރެޓެޖީކް ޕާރޓްނަރ އަކީ ޗޮޕްއާރޓް އެވެ.
ޗޮޕްއާރޓްއަކީ މާކެޓިންގ އެންޑް އިވެންޓް މެނޭޖްމަންޓްގެ ދާއިރާގައި އެންމެ އުހުގައި ފާހަގަ ކޮއްލެވޭ އިވެންޓް އޯގަނައިޒަރ އެއް ކަމަށާއި، ސަމިޓުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބޭނުންކުރަމުން އަންނަ ތަފާތުއެކި ސްޓްރެޓަޖީ އަދި ޓޫލްސްތައް ވަރަށް ފުރިހަމައަށް ފެނިގެންދާނެ ކަމަށް ގްލޯބްޓެބް އިން ވަނީ ބުނެފަ އެވެ.


