Friday, 11 September 2026

އިސްރާއީލުން ޣައްޒާ އާ ދެކޮޅަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރޭ: އދ.

ޣައްޒާގެ އުމުރުން ފަސް އަހަރުން ދަށުގެ ހުރިހާ ކުދިންނަށް އެކަށީގެންވާ ނިއުޓްރިޝަން ނުލިބޭ ކަމަށާއި އެކުދިންނަށް ދާއިމީ ޖިސްމާނީ އަދި ކޮގްނިޓިވް އިމްޕެއަރމަންޓްގެ ނުރައްކާ އެބައޮތް ކަމަށް ކާބޯތަކެއްޗާއި ގުޅޭ ހައްޤުތަކާބެހޭ އދގެ ސްޕެޝަލް ރެޕަޓުއަރ މައިކަލް ފަޚްރީ ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ފަޚްރީ ވިދާޅުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 2.2 މިލިއަން އާންމުން ބަނޑުހައިހޫނުކަމުގައި އުޅުނުތަން މީގެކުރިން ފެނިފައިނުވާކަމަށެވެ. އަދި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި މިހާ ފާޅުކަންގަދަ ގޮތެއްގައި މި މިންވަރަށް ބޭނުންކުރާތަން މި ފެނުނީ އަލަށްކަމަށް ވިދާޅުވެފައި ވެއެވެ.

ހަނގުރާމައިގެ ކުރިން ވެސް ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކާބޯތަކެތީގެ ނުރައްކާތެރިކަން ނެތް މީހުން ކަމަށާއި 80 ޕަސެންޓް މީހުން ބަރޯސާވެފައި ވަނީ އެހީއަށްކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން [އިސްރާއީލުން] ހަނގުރާމައިގެ ތެރޭގައި ވަށާލަނީ. މަދަނީ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާ އެބަ. ]އިޒްރޭލުން ވަނީ ހޮސްޕިޓަލްތަކާއި ގެތަކާއި މަގުތައް ހަލާކުކޮށް، އާންމު ދިރިއުޅުން ނާދިރު ކޮށްދީފަ. އަދި އެންމެ ފަހުން އަޅުގަނޑަށް ރިޕޯޓްލިބެނީ ކާބޯތަކެތީގެ ނިޒާމު އަމިއްލައަށް ހަލާކުވެގެން ދާކަމަށް." އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *