Tuesday, 28 July 2026

ނައިޖީރިއާގެ މެދުތެރޭގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 113 މީހުން މަރާލައިފި

ނައިޖީރިއާގެ މެދުތެރޭގެ އަވަށްތަކަށް އަމާޒުކޮށް ހަތިޔާރު އެޅި ޖަމާއަތްތަކުން ދިން ސިލްސިލާ ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. މިއީ ދީނީ ގޮތުންނާއި ނަސްލީ ގޮތުން ނުތަނަވަސްކަން ބޮޑު މި ސަރަހައްދުގައި ހިނގި ނުރައްކާތެރި އިތުރު ހާދިސާއެކެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކުން ހަފުތާ ބަންދުގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 113 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޕްލެޓޫ ސްޓޭޓްގެ ބޮކްކޯސްގެ ލޯކަލް ގަވަމެންޓްގެ ވެރިޔާ ހޯމަ ދުވަހު ކަސާހް އެޖެންސް ވަނީ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލި މި ހަމަލާއަކީ "ވަރަށް ރަނގަޅަށް ގުޅިގެން" ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ.

މި ހަމަލާތަކުގެ ޒިންމާ ނަގަންވީ ކާކުކަމެއް ކަސާހު ވިދާޅެއް ނުވިއެވެ.

މިފަހަކަށް އައިސް އިންޓަކޮމިއުނަލް ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ.

ހަފުތާ ބަންދުގައި ދިން ހަމަލާތަކަށް ފަހު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ޕްލެޓޫ ސްޓޭޓްގެ ރަށްފުށުގެ މުޖުތަމައުތަކަށް ތަކުރާރުކޮށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *