Tuesday, 28 July 2026

ރިޔާސީ އިންތިހާބު 2023: ކެންޑިޑޭޓުންގެ ޕްރޮފައިލް

ކެންޑިޑޭޓް #1 އުމަރު ނަސީރު

އުމަރު ނަސީރު

ޕާޓީ: އަމިއްލަ ގޮތުން

އުމުރު: 56

އުފަން ރަށް: މާލެ

ހިއްސާވާ ވިޔަފާރި

  • ވޭލް ސަބްމެރިން
  • އެލާމްސް މޯލްޑިވްސް

ތަޖުރިބާއާއި ފުރުއްވާފައިވާ މަގާމުތައް:

  • އަސްކަރިއްޔާ
  • ވިޔަފާރި ހިންގުން
  • ހޯމް މިނިސްޓަރު

ރަނިންމޭޓް: އަޙްމަދު ސަލީމް (މާޒް ސަލީމް)

ވިޝަން: އިސްލާމީ ޝަރީއަތުގެ ތެރެއިން ބޮޑެތި ކުށްތައް ކުރާ މީހުންނަށް އަދަބުދީ، ޑްރަގަށް ދާއިމީ ހައްލެއް ހޯދައިދިނުން

 

ކެންޑިޑޭޓް #2 ހަސަން ޒަމީލް

ޒަމީލް – ފޮޓޯ ސަން އޮންލައިން

ޕާޓީ: އަމިއްލަ ގޮތުން

އުމުރު: 60

ރަށް: މާލެ

ތަޖުރިބާ:

  • އަސްކަރިއްޔާ
  • ޑިފެންސް މިނިސްޓަރުގެ ނައިބު
  • ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ
  • ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ

ރަނިންމޭޓް: މަރިޔަމް އަލީމް

ވިޝަން: މިނިމަމް ވޭޖް 20,000 އާއި ހަމައަށް އިތުރުކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.

 

ކެންޑިޑޭޓް #3 އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް — ފޮޓޯ އެމްޑީއޭ

ޕާޓީ: އެމްޑީޕީ

އުމުރ: 61

އުފަން ރަށް: ޅ.ހިންނަވަރު

ތަޖުރިބާ:

  • ނޫސްވެރިކަން
  • ވިޔަފާރި ހިންގުން
  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން
  • ރައީސުލްޖުމްހޫރިއްޔާ 2018 – 2023

ރަނިންމޭޓް: މުޙައްމަދު އަސްލަމް

ވިޝަން : މިދައުރުގައި ފަށާފައިވާ ކާމިޔާބު މަޝަރޫއުތައް ފުރިހަމަކުރުމާއި, އެހެން ސަރުކާރެއް އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު ދެގުނަ ކޮށް ދަރަނި ފިލުވުންް

 

ކެންޑިޑޭޓް #4 މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު

ޕާޓީ: ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް)

އުމުރު: 45

އުފަން ރަށް: ހއ.ވަށަަފަރު

ތަޖުރިބާ:

  • ޕީއެޗްޑީ ސިވިލް އިންޖިނިއަރިން
  • ވިޔަފާރި ހިންގުން
  • ހައުސިން މިނިސްޓަރ
  • މާލޭގެ މޭޔަރ

ރަނިންމޭޓް: ޙުސެއިން މުޙައްމަދު ލަތީފް (ސެންބެ)

ވިޝަން:  ރައީސް ޔާމީން މިނިވަންކުރުމާއި ރާއްޖޭގެ ޖުޑީޝަރީ އިސްލާހުކުރުން އަދި ރަށްތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން.

 

ކެންޑިޑޭޓް #5 ގާސިމް އިބްރާހިމް

ޤާސިމް އިބްރާހީމް — ފޮޓޯ ޓްވިޓާ

ޕާޓީ: ޖުމްހޫރީ ޕާޓީ

އުމުރު: 71

އުފަން ރަށް: އދ. މާމިގިލި

ހިއްސާވާ ވިޔަފާރި

  • ވިލާ ގްރޫޕް

ތަޖުރިބާ:

  • ވިޔަފާރި ހިންގުން
  • މިނިސްޓަރުކަން
  • މަޖިލީހުގެ މެމްބަރުކަން

ރަނިންމޭޓް: މުޙައްމަދު އަމީން

ވިޝަން: ގައުމުގެ އިގުތިސާދީ, އިޖުތިމާއީ އަދި ސިޔާސީ ހާލާތު ބަދަލުކޮށް ރާއްޖޭގެ ރައްޔިތުންނަށް މަންފާ ހޯދަދޭނެ ސަރުކާރެއް ގާއިމުކުރުން.

 

ކެންޑިޑޭޓް #6 އަހްމަދު ފާރިސް މައުމޫން

އަހުމަދު ފާރިސް — ފޮޓޯ ރާއްޖެ 24

އަމިއްލަ

އުމުރު: 52

އުފަން ރަށް: މާލެ

ތަޖުރިބާ:

  • މޯލްޑިވްސް ރިފޯމް މޫވްމަންްޓްގެ ލީޑަރު
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުކަން
  • މަޖިލިސް މެމްބަރުކަން

ރަނިންމޭޓް: ޑރ. އަބްދުއްސައްތާރު ޔޫސުފް

ވިޝަން: ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޖީއެސްޓީ ކުޑަކުރުމާއި ކާބޯތަކެއްޗާއި ދިރިއުޅުމުގެ ހަރަދު ކުޑަކުރުން އަދި ދައުލަތުގެ އިސްރާފުކުޑަކޮށް ރާއްޖޭގެ އިގުތިސާދީ މާލީ ހާލަތު ހަރުދަނާ ކުރުން.

 

ކެންޑިޑޭޓް #7 އިލްޔާސް ލަބީބް

އިލްޔާސް ލަބީބް — ފޮޓޯ؛ އަދަދު

ޕާޓީ: ދަ ޑިމޮކްރެޓްސް

އުމުރު: 44

އުފަން ރަށް: ސ.ހުޅުދޫ

ތަޖުރިބާ:

  • ކޮމްޕިއުޓަރ ސައިންސް ޑިގްރީ
  • ވިޔަފާރި
  • މަޖިލީހުގެ މެމްބަރުކަން

ރަނިންމޭޓް: ހުސެއިން އަމްރު

ވިޝަން: ރައްޔިތުންނަށް އަބުރުވެރި ދުޅަހެޔޮ ދިރިއުޅުމެއް ފަހިކޮށްދީ ޒުވާނުންނާއި ގުޅިގެން ގައުމު ބިނާކުރުމަށް މަސައްކަތް ކުރުން.

 

ކެންޑިޑޭޓް #8 މުހައްމަދު ނާޒިމް

ނާޒިމް — ފޮޓޯ؛ ވަގުތު

ޓީ: މޯލްޑިވްސް ނެޝަނަލް ޕާޓީ

އުމުރު: 54

އުފަންރަށް: މާލެ

ހިއްސާވާ ވިޔަފާރި

  • އާރުސީސީ ކުންފުނި

ތަޖުރިބާ:

  • މިލިޓަރީ ސައިންސް މާސްޓަރސް ޑިގްރީ
  • އަސްކަރިއްޔާ
  • ވިޔަފާރި ހިންގުން
  • ދިފެންސް މިނިސްޓަރުކަން
  • މަޖިލީހުގެ މެމްބަރުކަން

ރަނިންމޭޓް: ޑރ. އަޙްމަދު އަދީލް ނަސީރް

ވިޝަން: ދިވެހިރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އިގުތިސާދީ ތަނަވަސްކަމާއި ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *