ކެންޑިޑޭޓް #1 އުމަރު ނަސީރު

ޕާޓީ: އަމިއްލަ ގޮތުން
އުމުރު: 56
އުފަން ރަށް: މާލެ
ހިއްސާވާ ވިޔަފާރި
- ވޭލް ސަބްމެރިން
- އެލާމްސް މޯލްޑިވްސް
ތަޖުރިބާއާއި ފުރުއްވާފައިވާ މަގާމުތައް:
- އަސްކަރިއްޔާ
- ވިޔަފާރި ހިންގުން
- ހޯމް މިނިސްޓަރު
ރަނިންމޭޓް: އަޙްމަދު ސަލީމް (މާޒް ސަލީމް)
ވިޝަން: އިސްލާމީ ޝަރީއަތުގެ ތެރެއިން ބޮޑެތި ކުށްތައް ކުރާ މީހުންނަށް އަދަބުދީ، ޑްރަގަށް ދާއިމީ ހައްލެއް ހޯދައިދިނުން
ކެންޑިޑޭޓް #2 ހަސަން ޒަމީލް

ޕާޓީ: އަމިއްލަ ގޮތުން
އުމުރު: 60
ރަށް: މާލެ
ތަޖުރިބާ:
- އަސްކަރިއްޔާ
- ޑިފެންސް މިނިސްޓަރުގެ ނައިބު
- ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ
- ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ
ރަނިންމޭޓް: މަރިޔަމް އަލީމް
ވިޝަން: މިނިމަމް ވޭޖް 20,000 އާއި ހަމައަށް އިތުރުކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.
ކެންޑިޑޭޓް #3 އިބްރާހިމް މުހައްމަދު ސޯލިހް

ޕާޓީ: އެމްޑީޕީ
އުމުރ: 61
އުފަން ރަށް: ޅ.ހިންނަވަރު
ތަޖުރިބާ:
- ނޫސްވެރިކަން
- ވިޔަފާރި ހިންގުން
- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން
- ރައީސުލްޖުމްހޫރިއްޔާ 2018 – 2023
ރަނިންމޭޓް: މުޙައްމަދު އަސްލަމް
ވިޝަން : މިދައުރުގައި ފަށާފައިވާ ކާމިޔާބު މަޝަރޫއުތައް ފުރިހަމަކުރުމާއި, އެހެން ސަރުކާރެއް އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު ދެގުނަ ކޮށް ދަރަނި ފިލުވުންް
ކެންޑިޑޭޓް #4 މުހައްމަދު މުއިއްޒު

ޕާޓީ: ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް)
އުމުރު: 45
އުފަން ރަށް: ހއ.ވަށަަފަރު
ތަޖުރިބާ:
- ޕީއެޗްޑީ ސިވިލް އިންޖިނިއަރިން
- ވިޔަފާރި ހިންގުން
- ހައުސިން މިނިސްޓަރ
- މާލޭގެ މޭޔަރ
ރަނިންމޭޓް: ޙުސެއިން މުޙައްމަދު ލަތީފް (ސެންބެ)
ވިޝަން: ރައީސް ޔާމީން މިނިވަންކުރުމާއި ރާއްޖޭގެ ޖުޑީޝަރީ އިސްލާހުކުރުން އަދި ރަށްތަކަށް އުމްރާނީ ތަރައްގީ ގެނައުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން.
ކެންޑިޑޭޓް #5 ގާސިމް އިބްރާހިމް

ޕާޓީ: ޖުމްހޫރީ ޕާޓީ
އުމުރު: 71
އުފަން ރަށް: އދ. މާމިގިލި
ހިއްސާވާ ވިޔަފާރި
- ވިލާ ގްރޫޕް
ތަޖުރިބާ:
- ވިޔަފާރި ހިންގުން
- މިނިސްޓަރުކަން
- މަޖިލީހުގެ މެމްބަރުކަން
ރަނިންމޭޓް: މުޙައްމަދު އަމީން
ވިޝަން: ގައުމުގެ އިގުތިސާދީ, އިޖުތިމާއީ އަދި ސިޔާސީ ހާލާތު ބަދަލުކޮށް ރާއްޖޭގެ ރައްޔިތުންނަށް މަންފާ ހޯދަދޭނެ ސަރުކާރެއް ގާއިމުކުރުން.
ކެންޑިޑޭޓް #6 އަހްމަދު ފާރިސް މައުމޫން

އަމިއްލަ
އުމުރު: 52
އުފަން ރަށް: މާލެ
ތަޖުރިބާ:
- މޯލްޑިވްސް ރިފޯމް މޫވްމަންްޓްގެ ލީޑަރު
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުކަން
- މަޖިލިސް މެމްބަރުކަން
ރަނިންމޭޓް: ޑރ. އަބްދުއްސައްތާރު ޔޫސުފް
ވިޝަން: ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޖީއެސްޓީ ކުޑަކުރުމާއި ކާބޯތަކެއްޗާއި ދިރިއުޅުމުގެ ހަރަދު ކުޑަކުރުން އަދި ދައުލަތުގެ އިސްރާފުކުޑަކޮށް ރާއްޖޭގެ އިގުތިސާދީ މާލީ ހާލަތު ހަރުދަނާ ކުރުން.
ކެންޑިޑޭޓް #7 އިލްޔާސް ލަބީބް

ޕާޓީ: ދަ ޑިމޮކްރެޓްސް
އުމުރު: 44
އުފަން ރަށް: ސ.ހުޅުދޫ
ތަޖުރިބާ:
- ކޮމްޕިއުޓަރ ސައިންސް ޑިގްރީ
- ވިޔަފާރި
- މަޖިލީހުގެ މެމްބަރުކަން
ރަނިންމޭޓް: ހުސެއިން އަމްރު
ވިޝަން: ރައްޔިތުންނަށް އަބުރުވެރި ދުޅަހެޔޮ ދިރިއުޅުމެއް ފަހިކޮށްދީ ޒުވާނުންނާއި ގުޅިގެން ގައުމު ބިނާކުރުމަށް މަސައްކަތް ކުރުން.
ކެންޑިޑޭޓް #8 މުހައްމަދު ނާޒިމް

ޓީ: މޯލްޑިވްސް ނެޝަނަލް ޕާޓީ
އުމުރު: 54
އުފަންރަށް: މާލެ
ހިއްސާވާ ވިޔަފާރި
- އާރުސީސީ ކުންފުނި
ތަޖުރިބާ:
- މިލިޓަރީ ސައިންސް މާސްޓަރސް ޑިގްރީ
- އަސްކަރިއްޔާ
- ވިޔަފާރި ހިންގުން
- ދިފެންސް މިނިސްޓަރުކަން
- މަޖިލީހުގެ މެމްބަރުކަން
ރަނިންމޭޓް: ޑރ. އަޙްމަދު އަދީލް ނަސީރް
ވިޝަން: ދިވެހިރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އިގުތިސާދީ ތަނަވަސްކަމާއި ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުން


