Tuesday, 28 July 2026
ފޮޓޯ ބީބީސީ

ހަވާއީ އަލިފާނުގެ ކާރިސާ؛ މަރުވި މީހުންގެ އަދަދު 89 އަށް

ހަވާއީ (13 އޮގަސްޓް 2023)؛ ހަވާއީގައި އޮންނަ މައުއީ ނަމަކަށް ކިޔުނު ރަށެއްގައި ހިނގި އަލިފާނުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 89 އަށް އަރާފައިވާކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.

ހަވާއީ ފަދަ ޖަންގަލަ ބޯ ހިސާބު ތަކުގައި މިފަދަ އަލިފާނުގެ ހާދިސާ ހިނގުމަކީ ކުރިންވެސް ދިމާވެފައި ހުރި ކަންކަމެވެ. އެހެންނަމަވެސް ގަދަ ވައިގެ ސަބަބުން މި ފަހަރު ރޯވި އަލިފާންގަނޑުވަނީ ކޮންޓްރޯލުން ނެއްޓި މީހުން ދިރިއުޅެމުންދާ މައުއީއަށް އެއްކޮށް ފެތުރިފައެވެ. އަދި މީގެ ސަބަބުން އެރަށް އެއްކޮށްވަނީ އަނދާ ހުލިވެފަ އެވެ.

އޮފިޝަލުން ބުނާގޮތުގައި މި އަލިފާނުގެ ސަބަބުން ގެއްލުނު އެތައް ސަތޭކަ މީހުންނެއް އަދިވެސް އަންނަނީ ހޯދަމުންނެވެ. އަލިފާނުން ސަލާމަތްކަން ހޯދުމަށް ގިނަ މީހުން އެރިފައިވަނީ މޫދަށެވެ.

ހަވާއީގެ މި އަލިފާންގަނޑަކީ ފަހުގެ ތާރީހެއްގައި އެމެރިކާއަށް ދިމާވީ މިފަދަ އެންމެ ބޮޑު އެއް އިންސާނީ ކާރިސާ އެވެ. މީގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ވަނީ އަނދާ ހުލިވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *