Tuesday, 28 July 2026
ޗައިނާގެ އިރުމަތީ ސަރަހައްދަށް ބިންހެލުމެއް އައުން -- ފޮޓޯ ސީޖީޓީއެން

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

ޗައިނާގެ އިރުމަތީ ސަރަހައްދަށް 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 21 މީހުން ޒަހަމްވެ އެތައް އިމާރާތެއް ވެއްޓިއްޖެއެވެ.

ރޭ ދަންވަރު 2:33 ހާއިރު އައި މި ބިންހެލުން އައިސްފައިވަނީ ޝަންޑޮންގް ޕްރޮވިންސްގެ ޑެޒޫ ސިޓީގެ ދެކުނުން 16 މޭލު ދުރުން 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާއި ގުޅިގެން ބައެއް އިމާރާތްތައް ވަނީ ވެއްޓިފަ އެވެ. އަދި އިމާރާތްތަކުން މީހުން ހުސްކުރާ މަންޒަރާއި ބިންގަނޑު ތެޅެމުންދާ ވީޑޔޯތަކެއްވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފަ އެވެ.

ބިންހެލުމުގެ އަސަރުތަކާ ބެހޭ ގޮތުން ޕްރިލިމިނަރީ އެސެސްމަންޓްތައް ފޯރުކޮށްދޭ ޔޫއެސްޖީއެސްގެ ޕޭޖަރ ސިސްޓަމުން އޮތީ ރެޑް އެލާޓް ނެރެފައެވެ.

ޝަންޑޮންގްގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނީ ބިންހެލުމުގައި މަދުވެގެން 21 މީހުން ޒަހަމްވެފައިވާ ކަމަށެެވެ. އަދި ބިންހެލުމުގައި 126 ގެއެއް ނުވަތަ އިމާރާތެއް "ވެއްޓިފައިވާ ކަމަށާއި އޭގެ ފަހުން 52 އާފްޓާ ޝޮކް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *