ޗައިނާގެ ހުޅަނގު ދެކުނުގައި ކުރަމުންދާ ވިއްސާރައިގައި 15 މީހުން މަރުވެ ހަތަރު މީހަކު ގެއްލިއްޖެއެވެ.
މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވެފައި މިވަނީ ޗައިނާގެ މެދުތެރެއާއި ހުޅަނގު ދެކުނުގެ ބޮޑު ސަރަހައްދަކަށް ވިއްސާރައިގެ ސަބަބުން ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ސަމާލުވެސް ނެރެފައި ވަނިކޮށެވެ. އެ ގައުމުގެ ރައީސް ޒި ޖިންޕިންގ އާ ހަވާލާދީ ޒިންހުއާ ނޫހުން ބުނެފައި ވަނީ ރައްޔިތުންގެ ސަލާމަތާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަންތިއެއްގެ ކަމާބެހޭ ފަރާތްތަކުން ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
ޗައިނާގެ އަވަށެއް ކަމަށްވާ ސިޗުއާންގައި މި މަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 460،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ވިއްސާރައިގެ ސަބަބުން ގާތްގަނޑަކަށް 85،000 އެއްހާ މީހުން، އެ މީހުންގެ ގެތަކުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވެއެވެ.
އޮފިޝަލުން ވަނީ ފަރުބަދަމަތީ ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކަށް މި ހަފުތާގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމަށް ލަފާކޮށްފަ އެވެ.


