Tuesday, 28 July 2026
ޑރ. އަލީ އަޒްވަރު -- ފޮޓޯ: ރާއްޖެ24

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސ. ހިތަދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މި މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ 28 އޭޕްރިލް 2024 އިން ފެށިގެންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާއު ރަޝީދު މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ކުންފުނި ހިންގުމުގެ ޒިންމާތަކާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ވެސް ޑރ. އަޒްވަރުއެވެ.

ޑރ. އަޒްވަރު އަކީ 1997 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ކުންފުނީގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ކަމާއި، ކަސްޓަމާ ސާވިސަސް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާގެ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *