Wednesday, 28 October 2026
އައު ކެބިނެޓްގެ ބައެއް ވަޒީރުން:ފޮޓޯ/ ރައީސް އޮފީސް

ވަޒީރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފި

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ދަށުން، ވަޒީރުންގެ ކާރު އެލަވަންސް ވަނީ 17،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު ވަޒީރެއްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު ލިބޭ ޖުމްލަ އަދަދު ވަނީ 75،500 ރުފިޔާއަށް މަތިވެފައެވެ. މީގެ ކުރިން ވަޒީރަކަށް މަހަކު ލިބިވަޑައިގަންނަވަނީ 58،500 ރުފިޔާއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމުގެ ދަށުން އިންތިޚާބުވެފައިވާ ކައުންސިލަރުންގެ މަސައްކަތްތަކަށް ރިއާޔަތްކޮށް، ކޮންމެ ކައުންސިލަރަކަށް މަހަކު 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭރުން ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް ބޮޑުވާނެއެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާ އިން 25،000 ރުފިޔާ ބޮޑުވާނެއެވެ. ކައުންސިލަރުންނަށް 18،000 ރުފިޔާއިން 23،000 ރުފިޔާއަށް މުސާރަ ބޮޑުވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *