Wednesday, 28 October 2026

ފަސްޓް ލީޑިން މީޑިއާ ގްރޫޕްގެ އެކްސްޕޯ ސްޓޯލަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ފަސްޓް ލީޑިން މީޑިއާ ގްރޫޕްގެ ސްޓޯލަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ޒިޔާރަތްކުރައްވައިފިއެވެ.

މިއީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ 2026ގައި ގާއިމުކޮށްފައިވާ ސްޓޯލެކެވެ.

މި ޒިޔާރަތުގައި، ފަސްޓް ލީޑިން މީޑިއާ ގްރޫޕްގެ ސީއީއޯ ނަޒީމް ނައުޝާދު ވަނީ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދަންނަވައި، ސްޓޯލުން ލިބެންހުރި މީޑިއާ ޕްލެޓްފޯމްތަކާއި އިންޓަސްމާޓްގެ ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ ތަފްސީލީ މައުލޫމާތު އަރުވައިފައެވެ. މިއީ ފަސްޓް ލީޑިން މީޑިއާ ގްރޫޕާއި އިންޓަސްމާޓް މާލްޑިވްސް އިން އެކްސްޕޯގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި އެކްސްޕޯގައި ފަސްޓް ލީޑިންގ މީޑިއާ ގްރޫޕުން ވަނީ އެ ކުންފުނީގެ ދެ ނިއުސް ވެބްސައިޓް ކަމަށްވާ ދިވެހި އެޑިޝަން "ރާއްޖެ24″ އާއި އިނގިރޭސި އެޑިޝަން "އާރް24″ އިޝްތިހާރުކޮށްފައެވެ. ރާއްޖެ24 އަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ރާއްޖޭގެ ޚަބަރުތައް ފޯރުކޮށްދެމުން އަންނަ ލޯކަލް ނިއުސް ޕްލެޓްފޯމެކެވެ. އަދި އާރް24 އަކީ ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖޭގެ އިތުރުން އިންޑިއާއާއި ލަންކާގެ ޚަބަރުތައް ތާޒާކަމާއެކު ފޯރުކޮށްދިނުމަށް މި އަހަރު އަލަށް ތައާރަފުކުރި އިންޓަރނޭޝަނަލް އެޑިޝަނެކެވެ.

މީގެ އިތުރުން، ވިޔަފާރިތަކުގެ ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކޮށް ބްރޭންޑް އިޝްތިހާރުކުރުމަށް އެހީތެރިވެދޭ އިންޓަސްމާޓްގެ ޚިދުމަތްތައް ވެސް މި ސްޓޯލްގައި ވަނީ ދައްކާލާފައެވެ. އެ ގޮތުން ވެބްސައިޓް ޑިޒައިންކުރުމާއި، ޑިޖިޓަލް މާކެޓިންގ، މޮބައިލް އެޕްލިކޭޝަން ޑިވެލޮޕްކުރުން، ގްރާފިކް ޑިޒައިން އަދި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޚިދުމަތްތައް ހިމެނެއެވެ.

އިންޓަރސްމާޓް ޓެކްނޯލޮޖީސްއަކީ ފަސްޓް ލީޑް މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ދަށުން، ވެބްސައިޓް ރީޑިޒައިންކުރުމާއި ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ބަލަހައްޓަމުންދާ ކުންފުންޏެކެވެ. އަދި އިންޓަރސްމާޓް ޓެކްނޯލޮޖީސް އަކީ އިންޑިއާ، ޔޫއޭއީ އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ އިންޓަރސްމާޓް އިންޓަރނޭޝަނަލްއާއެކު ޕާޓްނަޝިޕް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *