Wednesday, 28 October 2026

މީޑިއާ ކޮމިޝަންގެ ރައީސް ފަރުސަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ފަރުސަތު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވި ސަބަބަކަށް އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އޭނާ މީޑިއާ ކޮމިޝަނުން އިސްތިއުފާ ދެއްވީ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާ ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ގާނޫނުން ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ، ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހުލާގީ ގަވާއިދު ދަމަހައްޓައި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުމަށް ކަމަށެވެ. އަދި އެއީ ކޮމިޝަނުގެ އިތުބާރާއި މަގުސަދު ދެމެހެއްޓުމުގެ ބިންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ އުންމީދަކީ މީޑިއާތަކަކީ އިލްމީ ގޮތުންނާއި މާލީ ގޮތުންނާއި ތަސައްރުފުގެ ގޮތުން މިނިވަން މާހައުލެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާ އަދާކުރާ ބަޔަކަށް ވުމަށް ކަމަށް ވިދާޅުވި އެވެ.

ފަރުސަތު އިސްތިއުފާ ދެއްވުމުން މިހާރު ކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދު، ކޮމިޝަންގެ މެންބަރުން ކަމަށްވާ ސަފާ ސަފީގު، އާމިނތު ސަރާހަތު އިއްޒަތު، އަބްދުލްއަޒީޒު އިބްރާހީމް، ހުސައިން ސަގީފު، އަދި ސިމާހާ ނަސީމެވެ. މީގެ ތެރެއިން މީޑިއާތައް ތަމްސީލްކުރައްވަނީ ޒަމްއަތު، އަޒީޒު، ސަގީފު، އަދި ސިމާހާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *