ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކާއި ވިނަރެސް ފްލެޓްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސްގެ ބައެއް ޓަވަރުތަކުގެ އިތުރުން، ހިޔާ މަޝްރޫއުގެ 1، 2، 3، 4، 5، 6، 7 އަދި 8 ވަނަ ޓަވަރުންނެވެ.
ސްޓެލްކޯއިން ރާއްޖެ24އަށް މައުލޫމާތު ދިން ގޮތުގައި، މި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
"މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ސަރަހައްދަކަށް ވުމާއެކު، ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، ވީ އެންމެ އަވަހަކަށް ހިދުމަތް އިއާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.


