ނޫނު އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ނޫނު އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ. މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 14:04 އެހައިކަންހާއިރު އެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.


