Tuesday, 28 July 2026
ފޮޓޯ: ވަފާ ނިއުސް އެޖެންސީ

ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެއްޖެ

އިއްޔެ ހަވީރު އިޒްރޭލުން ޣައްޒާ ސިޓީއަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާ ނިއުސް އެޖެންސީގެ ރިޕޯޓަރުން ބުނާ ގޮތުގައި، އިޒްރޭލުގެ ޑްރޯންތަކުން ހަމަލާދީފައިވަނީ ޣައްޒާ ސިޓީގެ ޔާމޫކް ސްޓޭޑިއަމް ކައިރީގައި ތިބި އާންމުންގެ ބަޔަކަށެވެ. މި ހަމަލާގައި އެކަކު ޝަހީދުވެފައިވާއިރު، ޒަޚަމްވި މީހުންގެ ތެރޭގައި ސީރިއަސް އަނިޔާތައް ލިބިފައިވާ މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޞިއްޙީ ދާއިރާގެ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، 2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72,292 އަށް އަރާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 172,073 އަށް އިތުރުވެފައެވެ.

މީގެ އިތުރުން، އޮކްޓޯބަރު 11 ވަނަ ދުވަހު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުންވެސް، ޝަހީދުވި މީހުންގެ އަދަދު ވަނީ 716 އަށް އަރާފައެވެ. އަދި އެ މުއްދަތުގައި 1,968 މީހުން ޒަޚަމްވެފައިވާއިރު، މަދުވެގެން 759 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *