އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަމާޒުކޮށް ވަރުގަދަ އިންޒާރުތަކެއް އަނެއްކާވެސް ދީފިއެވެ. ޓްރަމްޕް ރޭ ވަނީ އީރާނުގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަނގަޅަށް ފަށާވެސް ނުގަންނަ ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރި ޕޯސްޓެއްގައި ވަނީ، ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާއަކީ އެމެރިކާގެ އަސްކަރިއްޔާ ކަމަށާއި، އީރާނުގައި ބާކީ ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް އޮތް ކަމަށް ބުނެފައެވެ.
"ދެން ހުރީ ބްރިޖުތައް، އޭގެ ފަހުން އިންޖީނުގެތައް!" ޓްރަމްޕް ލިޔެފައިވެއެވެ.
މީގެ އިތުރުން އީރާނުގެ އާ ވެރިކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ބުނީ، ކުރަންޖެހޭ ކަންތައްތައް އެ ގައުމުގެ ލީޑަޝިޕަށް އެނގޭނެ ކަމަށެވެ. "އާ ރެޖީމްގެ ލީޑަޝިޕަށް އެނގޭނެ ކުރަންވީ ކަންތައް، އަދި އެކަން ކުރަންޖެހޭނީ ވަރަށް އަވަހަށް!" ޓްރަމްޕް ބުނެފައިވެއެވެ.
މި އިންޒާރުތަކަކީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދިން އިންޒާރުތަކެކެވެ. ޓްރަމްޕްގެ


