އައްޑޫ ސިޓީގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި، 4 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:50 ގައި ކަމަށެވެ.
އެ ހާދިސާ ހިނގިއިރު އޭގައި ހަތަރު މީހަކު ތިއްބެވެ. ފުލުހުން ބުނި ގޮތުގައި އެ އެންމެނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައި ވާއިރު އޭގެ ތެރެއިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.
އަނިޔާވި އެންމެންނަށް ވެސް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


