މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް މިއަދު ޖެހި، ލޯންޗުގެ ކެޕްޓަންއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ދުވަހުގެ ހެނދުނު 10:39 އެހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ލޯންޗުގެ ކެޕްޓަނަށް ފަރުވާދެމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި އޭނާއަސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ބުނެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


