Tuesday, 28 July 2026
މި ތުނޑުކުނާއަކީ ތުނޑުކުނާ ވިއުމަށް މަޝްހޫރު ގދ. ގައްދޫގެ ހުނަރުވެރި އަންހެން މަސައްކަތްތެރިއަކު މިކަމަށްޓަކައި ޚާއްސަކޮށް ފަރުމާކޮށް ވިއެފައިވާ ކުނައެއް-- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ތުނޑުކުނާ އދ. ގެ މައި މަރުކަޒުގައި ދައްކާލައިފި

ދިވެހިރާއްޖޭގެ ސަގާފީ މަސައްކަތްތެރިކަން ދައްކުވައިދޭ ތުނޑުކުނައެއް، އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދައްކާލުމަށް ދިވެހި ސަރުކާރުން ހަދިޔާކޮށްފިއެވެ. މި ހަދިޔާއަކީ ރާއްޖޭގެ ސަގާފީ ތަރިކަ ބައިނަލްއަގުވާމީ މައިދާނުގައި ރަމްޒުކޮށްދޭ ފުރިހަމަ ނިޝާނެކެވެ.

މި ތުނޑުކުނާ އދ. އަށް ހަދިޔާކުރުމަށް ނިންމެވީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައެވެ. މިއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އދ. ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިން ހަދިޔާއެކެވެ.

އދ. ގެ މައި މަރުކަޒުގައި މިއަދު މި ކުނާ އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ހަދިޔާއެއް ދައްކާލުމަށް ބެހެއްޓުނު ފުރަތަމަ ފަހަރެވެ.

މި ތުނޑުކުނާއަކީ ތުނޑުކުނާ ވިއުމަށް މަޝްހޫރު ގދ. ގައްދޫގެ ހުނަރުވެރި އަންހެން މަސައްކަތްތެރިއަކު މިކަމަށްޓަކައި ޚާއްސަކޮށް ފަރުމާކޮށް ވިއެފައިވާ ކުނައެކެވެ. މިއީ ދިވެހި އަންހެނުންގެ ފަންނުވެރިކަމާއި، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ދައްކުވައިދޭ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

މި ހަދިޔާއާއެކު ދިވެހިރާއްޖެއާއި އދ. އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *