މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވާނަ ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.
މި ގުދަނަކީ ކޮން ބާވަތެއްގެ އެއްޗެއް ބަހައްޓާ ކުރާ ގުދަނެއްކަން އަދި ސާފެއްނުވެއެވެ. ނަމަވެސް އެއީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްކަން އެމްއެންޑީއެފުން ޔަގީންކޮށްދީފައިވެއެވެ.


