Tuesday, 28 July 2026
ފޮޓޯ: އެމްއެންޑީއެފް

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެއްޖެ

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ވަނީ ހުވަފެނީ ގޯޅީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ގާތްގަނޑަކަށް ހެނދުނު 10:57 ހާއިރު ރޯވި މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 11:52 ހާއިރެވެ.

މި ހާދިސާއިން ގުޅިގެން ރެޑް ކްރެސެންޓުންވެސް ވަނީ ދުމުގެ އަސަރުކުރާ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގެ މުޅި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި އޮތް ތަނެވެ. އަދި ވަރަށް ބޮޑަށް ކަޅު ދުން ވެސް އަރަމުން ދިޔައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އިތުރު ތަފްސީލް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އިއްޔެ ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައިވެސް އެއް ކޮޓަރި އެއްކޮށް ވަނީ އަނދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *