Tuesday, 28 July 2026

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރި އެއްކޮށް އަނދައިފި

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރި އެއްކޮށް އަނދައި ހުލިވުމުން 7 މީހަކަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަގުތީ ބޯހިޔާވަހިކަން ދީފި އެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހަވީރު ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށާއި އެ ގޭގެ ދެން ހުރި ކޮޓަރި އާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *