Tuesday, 28 July 2026

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން އެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 މާރިޗު 13 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޑެނިއަލްގެ ހަށިގަނޑު ފެނިފައިވަނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔަ ވަކި ދާއިރާއެއް ނުވަތަ މުއައްސަސާއެއްގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *