އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނި މިއަދު ހަވީރު 16:41ގައި އެކަމާ ގުޅޭ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ނަމަވެސް މިހާތަނަށް އެއީ ކާކު ކަން ކަށަވަރު ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ މަރުވި ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


