ރ. ވާދުއިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު، މީހާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލް ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ.
ފުލުހުން މިއަދު ބުނީ، އިގުބާލް ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ރޭ ބުނި ގޮތުގައި، އިއްޔެ ފަތިހު އޭނާ ކަނޑުމައްޗަށް ނިކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. މަހަށް ނިކުތްއިރު، އޭނާގެ އަތުގައި ފޯނެއް ވެސް ނެތް ކަމަށް އޭރު ފުލުހުން ބުންޏެވެ.
އިގުބާލް ފެނުނީ ފުލުހުން ބުނި ގޮތުގައި، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގެ ކައިރީގައި އޮއްވަ އެވެ.


