Tuesday, 28 July 2026
ފޮޓޯ: އާރިއާނާ ނިއުސް

އިޒްރޭލުން މަސްޖިދުލް އަގްސާގެ ދޮރުތައް ބަންދުކުރުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަގްސާގެ ދޮރުތައް ބަންދުކޮށް، އަޅުކަންކުރާ މީހުންނަށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ކޮންމެ ރޯދަމަހަކު ވެސް އިޒްރޭލުން އަޤްސާ މިސްކިތައް ވަދެ، އެތަނުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ލަވަ ކިޔައި ނަށާ އެތަން ބަންދުވެސް ކޮށް ހަދައެވެ. މި ރޯދަ މަހުވެސް ޔަހޫދީން ވަނީ އެފަދައިން އަމަލު ކޮށްފައެވެ.

އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މާތްވެގެންވާ ރޯދަމަހު ފަލަސްތީނުގެ މުސްލިމުން އިސްލާމުންގެ އެންމެ މާތް އެ ބިމަށް ވަނަނުދީ ބަންދުކުރުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށެވެ.

އެއީ، އަޤްސާ މިސްކިތުގެ މުޤައްދަސްކަމާއި މަތިވެރިކަމަށް ބުރޫއަރުވައި، ރުޅިވެރިކަން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ވެސް ރާއްޖެއިން ވަނީ ސިފަކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިޒްރޭލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި ޖަރީމާތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިނާތަކާ ގުޅޭގޮތުން ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް އުސޫލުތަކަށް ބޯނުލަނބާ މައްސަލައިގައި، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *