Tuesday, 28 July 2026
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުން

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނަގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.

މިކަން ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލްއެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް މިފަދަ ރިކުއެސްޓްތައް އިންޑިއާއަށް ވަނީ ފޮނުވައިފައެވެ. އަދި މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާ ސަރުކާރުގައި އެދިފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.

"ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެކި ޤައުމުތަކާއެކު އެބަކުރެވޭ. މިއީ ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް ކުރެވޭ މަސައްކަތް" ހަލީލް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.

މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *