Tuesday, 28 July 2026

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު!

ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ފެށިފައިވާ ކަމަށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިމަހާއި އަންނަ މަހަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ.

މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ދުވާލުގެ ހޫނުމިން މަތިވާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާވަރާ އަޅާބަލާއިރު ފަރަގު ކުޑަވެއެވެ. އެހެންކަމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިޙްސާސްކުރެވޭ ހޫނުމިން މަތިވެއެވެ.

އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުން ވެސް އާންމު ގޮތެއްގައި ހުންނަވަރަށް ވުރެެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާ ކަމަށް ވެސް މެޓުން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 14:00ހާއިރުކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *