Tuesday, 28 July 2026

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޢުމްރާއަށްދާ ފަހު ގްރޫޕް ޖިއްދާއަށް ގޮސްފި

މިއަހަރުގެ ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ފުރި ފަހު ގްރޫޕް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ހިނގައްޖެއެވެ. ރާއްޖެ ގަޑިން ރޭ މެންދަމު 02:20 ހާއިރު ފުރި މި ފްލައިޓް ޖިއްދާގެ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 07:54 ގައެވެ.

މި ފަހަރުގެ ގްރޫޕުގައި ޖުމްލަ 316 ޢުމްރާވެރިން ހިމެނޭއިރު، އެއަރޕޯޓުން ނިކުމެ މިހާރު އެ ފަރާތްތަކުން ދަނީ ބަހުގައި މައްކާއަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މަގުމަތީގެ ޓްރެފިކް ބާރު ބޮޑުނުވާނަމަ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރަކަށްފަހު ޢުމްރާވެރިންނަށް މައްކާއަށް ފޯރާނެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޖުމްލަ 500 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާއަށް ގޮސްފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުޤައްދަސް މަހު އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ޖުމްލަ 553 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ޖިއްދާއަށް ދިޔަ ހުރިހާ ޢުމްރާވެރިންގެ ޙާލުވެސް ޢާންމުގޮތެއްގައި ރަނގަޅެވެ. ޙައްޖު ކޯޕަރޭޝަނުން ދަނީ ޢުމްރާވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިންތިޒާމުތައް ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *