Tuesday, 28 July 2026
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު -- ފޮޓޯ: އެމްއޭސީއެލް

ހަނގުރާމައާ ގުޅިގެން އެމްއޭސީއެލުން ޓްރެވަލް އެޑްވައިޒަރީ ނެރެފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ މައި އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެޑްވައިޒަރީއެއް ނެރެފިއެެވެ.

އެ ކުންފުނިން ނެރުނު އެޑްވައިޒަރީގައި މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވާން އަންގާފައިވެ އެވެ.

އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދަން ވަނީ އަންގައިފަ އެވެ.

ފަސިންޖަރުން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންކަން

  • ދަތުރު ކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • ޓުއަ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ތަބާވުން
  • ދުރާލާ ދަތުރުގެ ކަންކަން ރޭވުން

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާއިރު އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *