Tuesday, 28 July 2026
އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ސަލާމަތީ މަޖިލީހުގައި ތާރީޚީ ބަޔާނެއް ދެއްވައިފިަ. ދިވެހިރާއްޖެ އދ.ގެ މެންބަރަކަށްވީތާ 59 އަހަރުގެ ތެރޭގައި، ދިވެހި ރައީސ ރައީސަކު ސަލާމަތީ މަޖިލީހުގައި ބަޔާނެއް ދެއްވީ މިއީ ފުރަތަމަ ފަހަރު. ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މެދުއިރުމަތީގެ މަސްރަހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން މިރޭ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ވަކި ގައުމަކަށް ނިސްބަތް ނުކޮށް ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، އެ ސަރަހައްދުގައި ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ދިއުމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށާއި، މަސްރަހު ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށް ބުނެފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު މި ބަޔާނުގައި، މެދުއިރުމަތީގައި އަލުން ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ޗާޓަރުން ލާޒިމްކުރާ ކަންކަމަށް ފުރިހަމައަށް އިހްތިރާމްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތީ މިނިވަންކަމާއި ބޯޑަރުތަކަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އިހްތިރާމްކުރަންވާނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން އިތުރަށް ފާހަގަކުރި ގޮތުގައި، ގައުމުތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ސުލްހަވެރި މަގުން ހައްލުކުރުމަކީ ރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތެކެވެ. އެހެންކަމުން، މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރަމުން، ދިވެހި ސަރުކާރުން ވަނީ މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *