Tuesday, 28 July 2026

ލޯކަލް ކައުންސިލް އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރަނީ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލީ މީހުންގެ ތެރެއިން 2،993 ކެންޑިޑޭޓުންގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 17 އިން ފެށިގެން އިއްޔެ ހަވީރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އެކި މަގާމުތަކަށް ޖުމްލަ 1,936 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ސައްހަ ފޯމުގެ ގޮތުގައި ބަލައިގަނެފައިވަނީ 1,610 ފޯމެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވާދަކުރުމަށް 1,611 ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ބަލައިގަނެފައިވަނީ 1,383 ފޯމު ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިދިޔަ މަހުގެ 8 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ. މިއީ ރާއްޖޭގެ އިންތިޚާބީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ބޮޑު އަދަދެކެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އިންތިޚާބާ ގުޅޭ އިދާރީ އެންމެހާ ތައްޔާރީތައް ވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *