Tuesday, 28 July 2026

ތިލަފުށިން މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފި

ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ އެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވީ ހޯމަ ދުވަހުކަން ވަނީ އެނގިފައެވެ. ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ މި މީހާ ގެއްލިގެން އުޅޭކަން ފުލުހުން އާންމުކޮށް ހާމަކުރީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީވެސް އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަމީން މިއާގެ ހަށިގަނޑު ފެނިފައިވާކަން ފުލުހުން ކަށަވަރުކޮށްދިނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް، އޭނާގެ ހަށިގަނޑު ފެނުނު ސީދާ ސަރަހައްދެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި މި މަރުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ރަސްމީ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

"މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ" ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *