އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ތެރޭގައި ބަންދުކޮށްފައި އޮތް މިސްރާއި ޣައްޒާގެ ބޯޑަރު އަންނަ ހަފްތާގައި އަލުން ހުޅުވާލާނެކަމަށް ފަލަސްތީނުގެ ޓެކްނޯކްރެޓް ލީޑަރު އަލީ ޝާތު ވިދާޅުވެއްޖެއެވެ.
އަލީ ޝާތު މިކަން އިއުލާން ކުރެއްވީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެކުލަވާލި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑާވޯސްގައި ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ ލިންކް މެދުވެރިކޮށެވެ.
އޮކްޓޫބަރު މަހު ޓްރަމްޕްގެ އިސްނެންގެވުމާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެންމެ މުހިންމު އެއް އަސާސަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެތެރެވުމާއި ފޭބުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޣައްޒާގެ މައި ދޮރާށި އަލުން ހުޅުވުމެވެ.
"ރަފާހް ކްރޮސިން އަންނަ ހަފުތާގައި ހުޅުވޭނެކަން އުފަލާއެކު އަޅުގަނޑު އިއުލާން ކުރަން. ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ރަފާހް އަކީ ދޮރާއްޓަކަށް ވުރެ މާ ބޮޑު ތަނެއް. އެއީ ލައިފްލައިނެއް އަދި ފުރުސަތުގެ ރަމްޒެއް،" ޝާތު ވިދާޅުވި އެވެ.
ޝާތު ވިދާޅުވިގޮތުގައި ރަފާހް ހުޅުވުމަކީ ޣައްޒާ މިހާރު މުސްތަގުބަލުގައި އަދި ހަނގުރާމައަށް ބަންދު ނުވާކަން އަންގައިދޭ ކަމެކެވެ.
2024 ވަނަ އަހަރުން ފެށިގެން ރަފާހް ކްރޮސިން ކޮންޓްރޯލް ކުރަމުން އަންނަ އިޒްރޭލުން މިކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސަރަހައްދު އިޒްރޭލުން ކޮންޓްރޯލް ކުރި އެވެ.


