Tuesday, 28 July 2026

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު އައްޔަންކުރައްވައިފި

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް މިއަދު އައްޔަންކުރައްވައިފިއެވެ. ޒަކާތު ކައުންސިލުން މި މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ނިންމާފައިވަނީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ އަދި ޤާބިލުކަމަށް ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.

ޒަކާތު ހައުސްގެ އިސް މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން، ޝައިޚް އިމްތިޠާއު ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ. މީގެ އިތުރުން އެ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ މުހިންމު މަޤާމުތައް ފުރުއްވާފައިވާ އިރު، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، އިމްތިޠާއު ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ އިރު، މިހާރު ގެންދަވަނީ ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *