Tuesday, 28 July 2026

ދެކުނު އޭޝިއާގެ އެއްވަަނަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ދިފާއުކޮށްފި

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތައް ރޭންކުކުރާ ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ރާއްޖޭގެ ޕާސްޕޯޓު، ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަަނަ ޕާސްޕޯޓުގެ މަގާމު ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ދިފާއުކޮށްފިއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެ ވަނީ މި ލިސްޓުގައި އެއް ދަރަޖަ ކުރިއަށް ޖެހިލާފައެވެ. މިދިޔަ އަހަރު 53 ވަނައިގައި އޮތް ރާއްޖެ މިހާރު އޮތީ އިންޑެކްސްގެ 52 ވަނައިގައެވެ. ރާއްޖޭގެ ޕާސްޕޯޓުގައި މިހާރު ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގާތުން ވާދަކުރަނީ އިންޑިއާއެވެ. އިންޑިއާ މި ލިސްޓުގެ 80 ވަނައިގައި އޮތްއިރު، އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ. މީގެ އިތުރުން މި ސަރަހައްދުގެ ތިންވަނައިގައި އޮތް ބޫޓާން އޮތީ ލިސްޓުގެ 85 ވަނައިގައެވެ. ބޫޓާންގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 50 ގައުމަކަށް ދަތުރުކުރެވޭއިރު، މި ސަރަހައްދުގެ އެންމެ ފަހަތުގައި އޮތީ 101 ވަނައިގައި އޮތް އަފްޣާނިސްތާނެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، މި އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދާފައިވަނީ ސިންގަޕޫރުންނެވެ. ސިންގަޕޫރުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ދުނިޔޭގެ 192 ގައުމަކުން އޮންއެރައިވަލް ވިސާ ނުވަތަ ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ. މިއީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މިނިވަންކަމުގައި އެ ގައުމުން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *