Tuesday, 28 July 2026

ބަންޑުންޖަހާލި ބޯޓުން ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް މިއަދު ހެނދުނު ބަންޑުންޖަހާލި "ބަލްމާ 6″ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ. ފުލުހުން ވަނީ އެ މީހާ ފެނުނުއިރުވެސް ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން ވަނީ ސަލާމަތްކޮށްފައެވެ. ނިޔާވި ދިވެހި މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓުން ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 08:04 ހާއިރުއެވެ. ގެއްލިފައިވާ ދެވަނަ މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުންނާއި އުޅަނދުފަހަރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *