Tuesday, 28 July 2026
ބ. ކުޑަރިކިލުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް - މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވާރަމެންޓް

ބ. ކުޑަރިކިލުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބ. ކުޑަރިކިލުގެ ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި އެ ރަށުގައި ސޯލާ–ޑީސަލް–ބެޓަރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ނިންމައިފިއެވެ.

މި މަޝްރޫއުގެ ދަށުން ކުޑަރިކިލުގައި 352 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 618 ކިލޯވޮޓް އަވަރ (kWh) ގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ސަބަބުން ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން އިތުރުވެ، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ހައިބްރިޑް ނިޒާމު ގާއިމުކުރުމުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އެގޮތުން އަހަރަކު 165,189 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރެއިން 405 ޓަނުގެ އެމިޝަންސް ކޮންމެ އަހަރަކު މަދުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *