Thursday, 29 October 2026
ކެފޭގައި ރޯވި އަލިފާން ނިއްވަމުންދަނީ - އެމްއެންޑީއެފް

ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ ދަންވަރު 00:58 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:19 ހާއިރުއެވެ. މި ހާދިސާގައި ކެފޭއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *