Tuesday, 28 July 2026
ހައްޖަށް ގޮސް ތިބި ދިވެހިން - މޯލްޑިވްސް ހައްޖު ކޯރޕަރޭޝަން

މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ސައުދީ އަރަބިއްޔާގެ މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު، ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ނިޔާވެފައިވަނީ މ. ސައްކެޔޮމާގެ، މުހައްމަދު އިމްތިޔާޒް (62 އަހަރު) އެވެ. އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި މަސްޖިދުލް ހަރާމްގައި އޭނާގެ ދެވަނަ އުމްރާގެ އަޅުކަން ފުރިހަމަކުރަމުން ދަނިކޮށް، ރާއްޖެ ގަޑިން ރޭގަނޑު 7:35 ހާއިރުއެވެ. އިމްތިޔާޒަކީ އަލްމަނާސިކް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ.

އަލްމަނާސިކް ގްރޫޕްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އިމްތިޔާޒް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭނާއަކީ މީގެ ކުރިންވެސް ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި، ހިތުގެ އޮޕަރޭޝަނެއް ކޮށް ޕޭސްމޭކަރެއްވެސް ލައްވާފައިވާ މީހެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

އިމްތިޔާޒް އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ ބޮޑު ޗުއްޓީއާ ދިމާކޮށް 7,700 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *