Tuesday, 28 July 2026
އެވިޑޮ ކޮލެޖްގެ ގްރެޖުއޭޝަން ސެރެމޮނީ - އެވިޑް ކޮލެޖް

ސްރީލަންކާގައި އެކަޑަމިކް ޕްރޮގްރާމްތަކެއް ހުއްދަނެތި ހިންގި ކަމުގެ ތުހުމަތްތައް އެވިޑް ކޮލެޖުން އިންކާރުކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދަ ނެތި ސްރީލަންކާގައި އެކަޑަމިކް ޕްރޮގްރާމްތަކެއް ހިންގި ކަމަށް ބުނެ ކުރާ ތުހުމަތުތައް އެވިޑް ކޮލެޖުން ދޮގުކޮށްފިއެވެ. އެ ކޮލެޖުން ބުނީ އެމްކިއުއޭ އިން ކޮލެޖުގެ އަބުރަށް ހުތުރުވާ ގޮތަށް މައުލޫމާތު ފަތުރާފައިވާތީ، އެ އޮތޯރިޓީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށެވެ.

އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފަވަނީ، ލަންކާގައި ބައެއް ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ އެ ގައުމުގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން (ޔޫޖީސީ) ގެ ހުއްދަ ލިބިފައިވާ ޕާޓްނަރު މުއައްސަސާތަކެއް މެދުވެރިކޮށް ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން އެމްކިއުއޭ އިން ކަނޑައަޅާފައިވާ އާ އުސޫލުތަކަށް އަމަލުކުރަމުންދާ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

ނަމަވެސް އެމްކިއުއޭ އިން ބުނަމުންދަނީ، ލިޔުމުން ހުއްދަ ނުހޯދައި ރާއްޖޭން ބޭރުގައި ޕްރޮގްރާމްތައް ނުހިންގުމަށް އެވިޑް ކޮލެޖަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. މި މައްސަލައިގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެމްކިއުއޭ އިން ވަނީ އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެފައެވެ. އަދި އިސްލާހު ނުވެއްޖެނަމަ 10,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *