Tuesday, 28 July 2026
މޯލްޑިވްސް ޒަކާތު ހައުސް ހުޅުވުމުގެ ރަސްމިއްޔާތު - ރައީސް އޮފީސް

ޒަކާތު ކައުންސިލުގެ ދެ މެންބަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތާ ބެހޭ ގާނޫނުގެ ދަށުން އުފައްދާ ޒަކާތު ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި މަގާމުތަކަށް ކުރިމަތިލެވޭނީ ޒަކާތާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރުންގެ ތެރެއިން ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ވަޒީފާ އަދާނުކުރާ ފަރާތްތަކަށެވެ. މިއީ ޒަކާތު ކައުންސިލް އެކުލަވާލުމަށްޓަކައި ކުރިއަށްދާ މުހިންމު މަރުހަލާއެކެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން 15 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *