Tuesday, 28 July 2026
ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ - ތިމާވެށްޓާއި ބެހާ ވުޒާރާ

ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓު ޕީކުގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537.6 ކިލޯވޮޓު އަވާގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ސަބަބުން ރަށުގެ ކަރަންޓު އުފެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ނިޒާމު ފުރިހަމަވުމުން އަހަރަކު 141,443 ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން 347 ޓަނު މަދުކުރެވި، ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި މަސައްކަތަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ. މީގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *