Wednesday, 29 July 2026
އަލް ޖަޒީރާ - ޖަނާޒާގެ ނަމާދުގައި ބަންގޮލަދޭޝްގެ ރައްޔިތުން

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބު ބައިވެރިވެވަޑައިގެންފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ވެރިރަށް ދާކާގައެވެ.

ޖަނާޒާގެ ތެރެއިން މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ ސަރަހައްދީ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން ތިއްބެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ އާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *