Thursday, 29 October 2026
ވަޒީރު ޑރ. ޙައިދަރު

ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ވަޒީރު ޑރ. ޙައިދަރު ހަމަޖައްސަވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަންގްލަދޭޝްއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އެ ޤައުމުގެ ރައްޔިތުންނާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ މަންދޫބު ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސާއިޚާލިދާ ޒިޔާގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، ސަރުކާރާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *