Tuesday, 28 July 2026
ހުސައިން ސަނީ އުމަރު

ޑރ. ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތަހުގީގަށް ވަނީ ކުރިއެރުން ލިބިފަ: ފުލުހުން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ މުހިންމު މައުލޫމާތުތަކާއި ހެކިތައް ހޯދުމުގެ މަސައްކަތް ބާރުސްޕީޑުގައި އަންނަނީ ކުރަމުންނެވެ.

ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. މި ބަންދު އަމުރުގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި މި ވާހަކަތައް ދެކެވެން ފެށުމާ ގުޅިގެންނެވެ. ފުލުހުން ކުރިން ބުނެފައިވަނީ އެ މައްސަލަ އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގެ ޕޯސްޓުތަކާ ގުޅިގެން އެކަން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މި މައްސަލަ ވަނީ އަނިޔާ ލިބުނު ކުދިންގެ އާއިލާތަކުން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން މިއަދު އިތުރަށް ބުނީ، ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި، ތަހުގީގަށް ލިބެމުންދާ ކުރިއެރުންތަކާއެކު މައްސަލަ ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *