މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕްގެ ސެމީ ފައިނަލުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗު ކާމިޔާބުކޮށް ރާއްޖޭގެ ސީނިއާ އަންހެން ވޮލީ ޓީމް ފައިނަލުން ޖާގަ ހޯދައިފިއެވެ.
ލީގުބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ ދިވެހި ޓީމުން ބަންގްލޭޝްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-17، 25-12 އަަދި 15-12 އިންނެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި، ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ދިވެހި ޓީމުގެ ކޯޗު ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓުގައި ބަންގްލަދޭޝްގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ސީނިއާ އަންހެން ވޮލީ ޓީމުން ވަނީ ހިތްވަރާއެކު ކުޅެ މި ސެޓުގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ.
މެޗުގެ ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓުގައި ރާއްޖޭއިން ވަނީ ބޮޑު ތަފާތަކުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ.
ސެމީފައިނަލް މެޗުގައިވެސް ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން ޝަހާ، ނަރީމާ، އަރީޝާ އަދި މާޔާވެސް ވަނީ މުޅި މުބާރާތުގައިވެސް ދައްކަމުން އަންނަ ތަފާތު ކުޅުން ދަމަހައްޓާފައެވެ.
މި ނަތީޖާ އާއެކު ރާއްޖެ އިން މިވަނީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.
މުބާރާތުގެ ފައިނަލްގައި ދިވެހިރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. މި މެޗު ފަށާނީ މިރޭ 8:15ގައެވެ.


